9.13.2015

LITERATURE REVIEW



Introduction


A sound literature review is an extremely important component of many types of papers written in sociology.  Professional journals in sociology and in other disciplines typically require authors to include a literature review in articles that are submitted for consideration for publication.  Students are asked to include a literature review in most honors projects and independent studies and in a variety of papers and assignments in other courses.  Writing a properly structured literature review is a very important skill in sociology. 


1.21.2015

ބިހޭވިއަރަލް ލާރނިންގ ތިއަރީ (ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު)



މުދައްރިސަކު ދަރިވަރުން ނާއެކު

ބިހޭވިއަރަލް ލާރނިންގ ތިއަރީގެ މައިގަނޑު ކޮންސެޕްޓް
މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ، [ސްޓިމިލަރ، ބިހޭވިއަރ އަދި ރެސްޕޯންސް] މި  ތިން ލަފުޒާ އެވެ. މި ލަފުޒުތަކުގެ ތަފްޞީލަށް ބަލާއިރު، [ބިހޭވިއަރ]އަކީ، އުނގެނޭ ފަރާތެވެ. [ސްޓިމިލަރ]އަކީ އޭނާ އުޅޭ މާހައުލުން ކުރުވާ އަސަރެއް ނުވަތަ ބާރުފޯރުވާ ކަން ނުވަތަ ކަންކަމެވެ.[ރެސްޕޯންސް]އަކީ އެ ކުރުވާ އަސަރާއެކު، އޭނާގެ ކިބައިން ފާޅުވާ ނުވަތަ ހާމަވާ ކަމެވެ.
މިސާލު: ދަރިފުޅު ހިނގައިފައި ދަނިކޮށް މަންމަ އޭނާގެ ނަމުން ގޮވައިލުމުން ފަހަތަށް އެނބުރި ބަލައިލަ އެވެ. އެއަށްފަހު، އެ ދަރިފުޅު މަންމަގެ ވާހަކަ އަށް އިޖާބަދެ އެވެ.

1.18.2015

ރާއްޖެ އިސްލާމްވުމުގެ ކުރީގައި އެހެނިހެން ދީންތަކަށް އަޅުކަން ކުރި ބަޔަކު މި ރާއްޖޭގައި އުޅެފައި ވެއެވެ


1. ތަޢާރަފް:
ދިވެހި އަންހެނުން ތަކެއް އޮށްވަޅު ކުޅެނީ 
ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން ފެށިތާ މިހާރު ގާތްގަނޑަކަށް 2500 ވަރަކަށް އަހަރު ވެދާނެކަމަށް ތާރީޚީ ހޯދުންތައް ހެކިދެއެވެ. އަދި ދިވެހިންނަކީ އެންމެ އެވޭލާ ޒަމާނުއްސުރެ ދީނީ ކަންކަމަށް ސަމާލުކަން ދިން ބައެއްކަން ދިވެހި ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. މިކަންކަން ސާބިތުކުރެވެނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޤަދީމީ އާސާރުތައް ދިރާސާކޮށް ބެލި ބެލުމުގެ ތެރެއިން މިކަމަށް ހެކިދޭ އެތައް އެއްޗެއް ފެނިފައި ވާތީއެވެ. މިފަދަ ދިރާސާތަކުން އެއްވެސް އޮޅުމެއް ނެތި ހާމަވެގެން ދިޔައީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ ޝުޢާއުގެ އަލިކަން 1153 ވަނަ އަހަރު ފެތުރިގެން ދިޔުމުގެ ކުރިން، ދިވެހިން ތަފާތު އެހެނިހެން ދީންތަކަށް އަޅުކަން ކުރިކަމެވެ. މި ތަކެތިން  ދޭހަ ކޮށްދެނީ ދިވެހިންގެ އަޅުކަން ކުރަމުން ދިޔައީ މައިގަނޑު ގޮތެއްގައި ހިންދޫ ދީނަށާއި، ބުދު ދީންކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ކަންކޮޅުތަކުގެ ރައްޔިތުން ޤުދުރުރަތީ ތަކެއްޗަށާއި، ބައެއް އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ހެކިތައްވެސް ދިވެހި ތާރީޚީ ޞަފުޙާ ތަކުން ފެންނާން އެބަހުއްޓެވެ.
މިމަޒުމޫނުގެ މައިގަޑު ސުރުޚީއަކީ " ރާއްޖެ އިސްލާމްވުމުގެ ކުރީގައި އެހެނިހެން ދީންތަކަށް އަޅުކަން ކުރި ބަޔަކު މި ރާއްޖޭގައި އުޅެފައި ވެއެވެ." މިއެވެ. މި މަޒުމޫނުގައި ދިވެހި ތާރީޚު ދިރާސާ ކުރައްވާފައިވާ އެކިއެކި ބޭބޭފުޅުންގެ ދިރާސާތަކުން މަޢުލޫމާތު ހިމަނާލާފައި ވާނެއެވެ. އަދި ހަމަ އެއާއެކު ދިވެހިންގެ ތާރީޚަށް ޤާބިލު ބޭބޭފުޅުން ދިވެހިރާއްޖޭގެ އޮތް ތަފާތު ދީންތަކާ ބެހޭގޮތުން ދެއްވާފައިވާ ތަފާތު ޚިޔާލުތަކާއި ޟުއޫރުތައް ހިމަނާލާފައި ވާނެއެވެ.

1.17.2015

ކޮންސްޓްރަކްޓިވް ނަޒަރިއްޔާ



ކޮންސްޓްރަކްޓިވް ނަޒަރިއްޔާ ތާއި ޕިއާޖޭ



ޕިއާޖޭ
އެކި މީހުންކޮންސްޓްރަކްޓިވިޒަމްގެ ޚިޔާލުތައް ބިނާވެފައިވަނީ މަޝްހޫރު ޕިއާޖޭ އާއި ވައިގޮޓްސްކީ ތިއަރީގެ މައްޗަށެވެ. މި ތިއަރީގަގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި މަޢުލޫމާތާކީ ކުލާހުގެ ކުރިމަތީގައި ހުރެ ކޮންމެހެން ކިޔާންޖެހޭ އެއްޗެއް ނޫނެވެ. ކުދިން މަޢުލޫމާތު އުނގެނެނީ ކުރިން އެނގިފައިވާ އެއްޗަކާއި އެއްކޮށްލައިގެންނެވެ. ދަރިވަރުންނަކީ އަދި ކުދިންނަކީ އުނގެނޭ ބައެކެވެ. މަޢުލީމާތު ބިނާވެސް ކުރާ ބައެކެވެ.
 އެކުދިންގެ އުނގެނުން ބިނާވަލީ އުފެދި ބޮޑުވާ މަރުޙަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި، ވަށައިގެންވާ މާޙައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ގުޅުންތައް މެދުވެރިކޮށެވެ.